ފެނަކައިން މަސްވެރިންނަށް އައިސް ފޯރުކޮށްދިނުން މެދުނުކެނޑި ކުރިއަށް ގެންދާނެ

ރާއްޖޭގައި މަސްވެރިކަން ކުރުމަށް އައިސް ބޭނުންކުރަމުންދޭ

ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އައިސް ޕްލާންޓްތައް މިފްކޯއާ ހަވާލުކުރެވެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އައިސް ޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލަން ނިންމާފައިވަނީ އެއީ ކުންފުނީގެ އަމާޒުން ބޭރު، ޚަރަދު ބޮޑު މަސައްކަތެއް ކަމަށް ބުނެއެވެ. މުޢާޒު ވިދާޅުވިގޮތުގައި މި ޚިދުމަތް ދިނުމުން ކުންފުންޏަށް މަހަކު 12 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެއެވެ.

ފެނަކައިން މިހާތަނަށް 25 ރަށެއްގައި އައިސް ޕްލާންޓް ހިންގަމުން ދިޔައެވެ. މީގެތެރޭގައި ރަނގަޅަށް ޚިދުމަތް ނުދޭ ޕްލާންޓްތައްވެސް ހިމެނެއެވެ. ނަމަވެސް ކުންފުނިން މުވައްޒަފުންގެ ޚަރަދާއި އޮޕަރޭޝަނަލް ޚަރަދުތަކަށް ބޮޑު ހޭދައެއް ކުރަމުން ގެންދެއެވެ.

ފެނަކައިގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެ ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy