ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މެދުގައި ބޭއްވޭ މުހިންމު މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޗައިނާއަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ "2024 އިންޓަރ ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް" ގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 18 އިން 23 އަށް ކަމަށްވެސް އެ އިދާރާއިން ހާމަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި، ބާރަށު ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހިމް ޝުޖާޢު، ވިލިމާލެ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު އިސްމާޢީލް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

6 ދުވަހުގެ މުއްދަތަށް ޗައިނާގައި ބޭއްވޭ މި މަސައްކަތު ބައްދަލުވުމަކީ އިންޓަރ ޕާލަމެންޓަރީ ޔޫނިއަންއާއި ޗައިނާގެ ނެޝަނަލް ޕީޕަލްސް ކޮންގްރެސް ގުޅިގެން އިންތިޒާމުކުރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، އދ. އިން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން އަދާކުރެވިދާނެ މުހިންމު ދައުރުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy