ޕެނަލްޓީ ޖަހައިގެން ސްޓުޓްގާޓް ބަލިކޮށް، ލެވަކޫސަނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

މިއީ ލެވަކޫސަންގެ ތާރީޚުގައި ކާމިޔާބުކުރި ފަސްވަނަ މޭޖަރ ޓްރޮފީއެވެ.

ޕެނަލްޓީ ޝޫޓްއައުޓަކުން 3-4 އަށް ސްޓުޓްގާޓް ބަލިކޮށް، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބަޔަރ ލެވަކޫސަނުން ޖަރުމަނު ސުޕަ ކަޕް ހޯދައިފިއެވެ.

މިއީ ލެވަކޫސަންގެ ތާރީޚުގައި ކާމިޔާބުކުރި ފަސްވަނަ މޭޖަރ ޓްރޮފީއެވެ. އެ ކުލަބުން ވަނީ ނިމިދިޔަ ސީޒަނުގެ ޖަރުމަނު ބުންޑެސްލީގާ އާއި ޖަރުމަނު ކަޕްގެ އިތުރުން 1993 ވަނަ އަހަރުގެ ޖަރުމަނު ކަޕް އަދި 1988 ވަނަ އަހަރުގެ ޔުއެފާ ކަޕް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މިއީ ލެވަކޫސަންގެ ކޯޗު، ޒާބީ އަލޮންސޯގެ ކެރިއަރުގައި އެ ކުލަބާއެކު ހޯދި ތިންވަނަ މޭޖަރ ޓްރޮފީއެވެ. އަދި މިއީ އެ ކުލަބުން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މި މުބާރާތުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓަކުންނެވެ.

ލެވަކޫސަންގެ ބޭއެރީނާގައި ބޭއްވުނު މި މުބާރާތުގައި ކުރީން ލީޑު ނެގީވެސް އެ ކުލަބުންނެވެ. މުބާރާތުގެ 11 ވަނަ މިނެޓުގައި ލެވަކޫސަނަށް މި ލަނޑު ޖަހައިދިނީ ވިކްޓަ ބޮނީފޭސްއެވެ. އޭނާ މި ލަނޑުޖެހީ އެ ކުލަބުގެ ޑިފެންޑަރު، އެޑްމޮންޑް ޓެޕްސޯބާ ބޮލުން ޖައްސާލި ކްރޮސްގެ އެހީގައެވެ.

އޭގެ ހަތަރު މިނެޓުފަހުން، ފްރާންސްގެ 23 އަހަރުން ދަށުގެ ޓީމުގެ މިޑްފީލްޑަރު، އެންޒޯ މިލޮޓް ކާމިޔާބުކުރި ގޯލާއެކު ސްޓުޓްގާޓުން ނަތީޖާ އެއްވަރުކުރިއެވެ.

މެޗުގެ ފުރަތަމަ ބައިގައި ލެވަކޫސަނުން އިތުރު ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ، 37 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު މާޓިން ޓެރިއާ އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ބޭރުކުރުމުންނެވެ. ޓެރިއާ އަށް ރަތް ކާޑު ދެއްކީ ސްޓުޓްގާޓްގެ ބޮސްނިއާ ފޯވާޑު އެރްމެޑިން ޑެމިރޯވިޗް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން، ލެވަކޫސަނުން މެޗުގެ ބާކީ އޮތް ބައި ކުޅެންޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ސްޓުޓްގާޓަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖަރުމަނު ފޯވާޑު ޑެނިޒް އުންޑާވް އެވެ. ނަމަވެސް، މި ނަތީޖާގައި އޮވެ، މެޗު ނިމެން ކައިރިވަނިކޮށް 88 ވަނަ މިނެޓުގައި ލެވަކޫސަނަށް އެއްވަރުކޮށްދިނީ ޗެކް ރިޕަބްލިކްގެ ފޯވާޑު ޕެޓްރިކް ޝިކް އެވެ. މިއީ އެ ޓީމުގެ ސްޕެއިން ފުލްބެކް އަލެހަންދްރޯ ގްރިމާލްޑޯ ދިން ތުރޫ ޕާހެއްގެ އެހީގައި ޝިކް ކާމިޔާބުކުރި ލަނޑެކެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން ނިކުތީ ދެވަނަ ހާފުގެ ފަހު ބައިގައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

6 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

9 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy