ޕޮޗެޓީނޯ، އެމެރިކާގެ ފުޓްބޯޅަ ޓީމާ ހަވާލުވާން އެއްބަސްވެއްޖެ

ޗެލްސީގެ ކުރީގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ

އެމެރިކާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަޤާމާ ހަވާލުވުމަށް ޗެލްސީގެ ކުރީގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ އެއްބަސްވެފައިވާ ކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފިއެވެ.

އެމެރިކާއިން އައު މުރައްބީއެއް ހޯދުމުގެ މަސައްކަތް ފެށީ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން، ޤައުމީ ޓީމުގެ މުރައްބީގެ މަޤާމުން ގްރެގް ބާހޯލްޓާ ވަކިކުރުމާ އެކުގައެވެ.

މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މެއި މަހު ޗެލްސީގެ މުރައްބީގެ މަޤާމުން ވަކިވުމަށްފަހު އެއްވެސް ޓީމަކާ ހަވާލުނުވެ ހުރި 52 އަހަރުގެ ޕޮޗެޓީނޯއާއެކު އެމެރިކާގެ އަމާޒަކީ 2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕަށް އެމެރިކާގެ ޓީމު އެންމެ އެދެވޭ ގޮތުގައި ތައްޔާރުކުރުމެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާގެ ޤައުމީ ޓީމުން އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހު ކެންސަސް ސިޓީގައި ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕޮޗެޓީނޯ ޗެލްސީއާ ގުޅުނީ 2023-24 ވަނަ އަހަރުގެ ސީޒަނުގެ ކުރިން، އިންޓަރިމް މުރައްބީ ފްރޭންކް ލަމްޕާޑުގެ ބަދަލުގައެވެ. މީގެ ކުރީ ސީޒަނުގައި ޓީމު 12 ވަނައިގައި އޮވެ ނިންމާލުމާ ގުޅިގެން، ކްލަބުގެ އައު ވެރިން ކަންކަން ރަނގަޅުކުރުމަށް އޭނާ ގެނައެވެ.

ޕޮޗެޓީނޯ އޭރު ޗެލްސީ އާއެކު ސޮއިކޮށްފައިވަނީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ. އަދި ކްލަބަށް އިތުރު އަހަރަކަށް ކޮންޓްރެކްޓް އައުކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ވަރަށް އުނދަގޫކޮށް ސީޒަން ފެށިނަމަވެސް، ނިމެންކައިރިވެފައިވަނިކޮށް ނަތީޖާތައް ރަނގަޅުކޮށް، ޔޫރަޕިއަން ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައި، ހަވަނައިގައި އޮވެ ނިންމާލިނަމަވެސް، އޭނާ ވަނީ އެ ކްލަބު ދޫކޮށްލަން ނިންމައިފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

3 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

11 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

13 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy