ޖަޕާނުން ރާއްޖެއަށް 24 މާސްޓަރސް ސްކޮލަރޝިޕް ދޭ އެއްބަސްވުމުގައި ސޮއިކޮށްފި

ޖަޕާނުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ) އާ ދެމެދު "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް" ސްކޮލަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ޖަޕާނު ސަރުކާރުގެ ހަރަދުގައި ދިވެހި ސަރުކާރުގެ 24 ސިވިލް ސާރވިސް މުވައްޒަފުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގައި މާސްޓަރސް ޑިގްރީ ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ 4 އަހަރަށް އައު ކުރެވުނު އެއްބަސްވުމެކެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގައި މި އެއްބަސްވުމުގެ ދަށުން 22 ދަރިވަރުން ވަނީ މަތީ ތައުލީމު ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މި ސްކޮލަޝިޕަކީ ރާއްޖޭގެ ހުނަރުވެރި މުވައްޒަފުންނަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށާއި، މިއީ ރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

މި އެހީގެ ދަށުން މިއަހަރު އިތުރު 6 ސްކޮލަރޝިޕް ދޭނެއެވެ. މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ޖަޕާނުގައި ކިޔަވަމުންދާއިރު، ކިޔަވައި ނިންމާފައިވާ ބައެއް ފަރާތްތައް ވަނީ ރާއްޖެއަށް އެނބުރި އައިސް ޚިދުމަތްކުރަން ފަށާފައެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy