ޣައްޒާ ލައިވް: އިސްރާއީލުގެ ހަމަލާތަކުން 40،000 އަށް ވުރެ ގިނަ މަރު

އޮކްޓޯބަރ 7 ކުން ފެށިގެން މިއަދާ ހަމަޔައް 40000 އަަށް ވުރެން ގިނަ މަރު

ޣައްޒާގެ ސިއްހީ މިނިސްޓްރީން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 40،000 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ މަރުވެފައިވެއެވެ. އަދި މީގެ އިތުރުން ވަރަށް ގިނަ މީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ވަޅުލެވި، ބަލިމަޑުކަމުގެ ނުރައްކަލާވެސް ކުރިމަތިލާން ޖެހިފައެވެ.

އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ހަމަދު ސިޓީއަށް ހަމަލާދެމުން ދާއިރު، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑުބަޑިން ހަމަލާދެއެވެ. މިއީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްޠީނު ސަރަޙައްދުގެ އެކި ކަންކޮޅުތަކަށް ދެވުނު ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވުމަށްފަހުގައެވެ.

އެމެރިކާ އާއި އިސްރާއީލުން ޤަތަރަށް މަންދޫބުން ފޮނުވަނީ މިއަދުގެ ފަހު ވަގުތެއްގައި ފެށުމަށް ހަމަޖެހިފައިވާ ހަނގުރާމަ ހުއްޓުވުމާ ބެހޭ މަޝްވަރާތަކާ ގުޅިގެންނެވެ . މި މަޝްވަރާތަކުގެ ފަހުން، އިސްރާއީލުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓުވުމުގެ ހުށަހެޅުންތަކަށް ސީރިއަސް ޖަވާބެއް އޮތްތޯ ބެލުމަށް ބައްދަލުވުމަކަށް ތައްޔާރަށް ތިބޭނެކަމަށް ހަމާސްއިން މެދުވެރިންނަށް އަންގާފައިވެއެވެ.

މިއަދު އޮކިއުޕައިޑް ވެސްޓް ބޭންކުގެ ބަލާޓާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ދެ ފަލަސްޠީނު މީހުން މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި އިއްޔެ ޓޫބާސް ގަވަރނޮރޭޓުގައި އިސްރާއީލުގެ ސެކިއުރިޓީ ބާރުތަކުން ފަސް މީހުން މަރާލައިފައިވެއެވެ.

އިޒްރޭލުން ޣައްޒާއަށް ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 40,005 މީހުން މަރުވެ، 92,401 މީހުން ޒަޚަމްވެފައިވެއެވެ.

ކޮމެންޓް

team

ރައީސްގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފި

4 ގަޑިއިރު ކުރިން
team

މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރަން ރައީސް ނިންމަވައިފި

4 ގަޑިއިރު ކުރިން
team

މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމު ހަމަޖައްސަނީ

4 ގަޑިއިރު ކުރިން
team

"މި ސަރުކާރުން ރެކޯޑް އަދަދަކަށް މަސްވެރި ސިނާއަތަށް އިންވެސްޓްކޮށްފި"

7 ގަޑިއިރު ކުރިން
team

ތިލަމާލެ ބުރިޖުގެ 64 ޕަސެންޓަށްވުރެ ބޮޑު ބައެއް ނިންމައިފި

9 ގަޑިއިރު ކުރިން
team

ރައީސްގެ ދެ ކަނބަލުން ދުވާފަރުގައި ކުރިއަށް ދިޔަ މަސް ކެނޑުމުގެ މުބާރާތް ބައްލަވައިލައްވައިފި

10 ގަޑިއިރު ކުރިން
team

ދުވާފަރުގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު‏‎ ގާއިމުކުރަން އެމްޑަބްލިޔުއެސްސީއަށް

11 ގަޑިއިރު ކުރިން
team

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ މުހިންމީ ހިޔާލާ މަޝްވަރާ: ރައީސް

12 ގަޑިއިރު ކުރިން
team

ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން
team

ދުވާފަރު މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް

14 ގަޑިއިރު ކުރިން
team

ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

14 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy