އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް ބަޖެޓުގައި ވަނީ ހާއްސަ ފަންޑެއް ހިމަނާފައި: ޕީއެސްއެމް ފޮޓޯ

ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށް ޓަކައި، އެސްއެމްއީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ މައިބަދަ ކަމަށްވާއިރު، ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިގުތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް ކަމަށެވެ.

އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، ޖަނަވަރީ އެކަކުން ފެށިގެން އަމަލުކުރާގޮތަށް، ޖީއެސްޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިއުލާނު ކުރައްވާފައި ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

5 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

9 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

10 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

11 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

13 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

14 ގަޑިއިރު ކުރިން
team

"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

16 ގަޑިއިރު ކުރިން
team

ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy