އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން، މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 01:30 ގައެވެ. ނަމަވެސް އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދާ ގުޅޭ އެއްވެސް މައުލޫމާތެއް ފިނޭންސް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި އަހަރަށް ދައުލަތުން ފާސްކޮށްފައިވަނީ ރެކޯޑު އަދަދެއް ކަމަށްވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މައިގަނޑު ގޮތެއްގައި މި އަހަރު ދައްކަންޖެހުނު 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމަށްޓަކައި ކަނޑައެޅި ބޮޑު ބަޖެޓެކެވެ. ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވުމާ ގުޅިގެން ވޭތުވެދިޔަ އަހަރު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވެއެވެ.

އެހެން ނަމަވެސް، މި އަހަރުގެ ތެރޭގައި ދައްކަންޖެހުނު މުހިންމު ބޮޑެތި ދަރަނިތައް ދައްކައި، ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް ސަރުކާރުން ބޮޑުތަނުން ކުޑަކޮށްފައިވެއެވެ. އޭގެ ތެރޭގައި މިދިޔަ އެޕްރީލް މަހު އަނބުރާ ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކާއި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ ދެއްކުން ހިމެނެއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް މެއި އަދި ސެޕްޓެމްބަރު މަހު ހަމަޖެއްސި 100 މިލިއަން ޑޮލަރުގެ ސެކިއުރިޓީޒް އިންވެސްޓްމަންޓްތަކާއި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު އަނބުރާ ދެއްކުން 2031 ވަނަ އަހަރަށް ފަސްކުރުން ވެސް ހިމެނެއެވެ.

މި ފިޔަވަޅުތަކާ އެކު، ފިޗް ރޭޓިންގްސް އިން މިދިޔަ ޖޫން މަހު ރާއްޖޭގެ ރޭޓިން 'CC' އިން 'CCC-' އަށް މަތިކޮށްފައިވެއެވެ. އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު މޫޑީސް އިން ވެސް ރާއްޖޭގެ ރޭޓިން 'Caa2' އިން 'Caa1' އަށް ސްޓޭބަލް އައުޓްލުކަކާ އެކު މަތިކޮށްފައިވެއެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

5 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

9 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

10 ގަޑިއިރު ކުރިން
team

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

10 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

11 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

13 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

14 ގަޑިއިރު ކުރިން
team

"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

16 ގަޑިއިރު ކުރިން
team

ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy