ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ

ރަސްމާލޭގައި ކުރިއަށްގެންދެވޭ ތަރައްގީގެ މަޝްރޫއުގެ ސަބަބުން، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށާ، މިކަމުގެ ސަބަބުން ތަރައްގީ އިތުރަށް ކަށަވަރުވެގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި މަޝްރޫއުގެ މަސައްކަތްތަކާ ގުޅިގެން އެއްވެސް އަސާސެއް ނެތި މުޖުތަމައުގައި ފެތުރޭ ބައެއް އަޑުތަކާއި އެކަމުގެ ހަގީގަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހުރިހާ ކަމަކާ ދެކޮޅަށް ތެދުވާ ބަޔަކު އުޅުނު ކަމުގައިވީ ނަމަވެސް، ކަންކަމުގެ ރަނގަޅު ގޮތާއި ގޯސް ގޮތަކީ ކޮބައިތޯ ބަލާ، އެތަނުން ރަނގަޅު ގޮތް ހިޔާރުކުރާ ބަޔަކުވެސް މުޖުތަމައުގައި އުޅޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތްކަން ހާމަކުރައްވާފައެވެ. އަދި މި ސަރުކާރުން އިޒްރޭލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގައި ބޭރުގެ ފަރާތަކުން އިންވެސްޓްކުރުމުގެ ސަބަބުން ތަރައްގީ އިތުރަށް ކަށަވަރުވެގެންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިފަދަ މަޝްރޫއެއްގެ ސަބަބުން، ދިވެހި ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެގެން ނުދާނެ ކަމަށެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫއާއެކު ފެށިގެންދާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، އެގޮތުން ކުރިއަށް އޮތް 2 އަހަރު ދުވަހަކީ، ތާރީހު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގައި ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

5 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

9 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

10 ގަޑިއިރު ކުރިން
team

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

10 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

11 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

13 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

14 ގަޑިއިރު ކުރިން
team

"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

16 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy