"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާ، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ، ތާރީހު ދެކެފައި ނުވާ މިންވަރަށް، ދިވެހި ރައްޔިތުންނަށް ފުރަތަމަ ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެ ދުވަސްތަކެއް ކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަކުފާނު ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ ހަ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަދި އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީވެސް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުން ކަމަށެވެ.

އެމަނިކުފާނު ވަނީ، މިފަދަ މަޝްރޫއެއްގެ ސަބަބުން، ދިވެހިރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެގެންނުދާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފަ އެވެ.

އަދި ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަގީންކަން އެބައޮތްކަންވެސް، ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި ފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންދަނީ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުސޫލުތަކެއްގެ ދަށުންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ފިއުޗާ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުސޫލުން އިންވެސްޓަރުން ލައްވާ ކުރިއަށް ގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަކުރާރުކޮށް، ދެއްވާފަ އެވެ.

ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓް ހާއްސަ ކުރަން ވިސްނަވަނީ ޒުވާނުންނާއި މަސައްކަތްތެރީންނަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

5 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

9 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

10 ގަޑިއިރު ކުރިން
team

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

10 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

11 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

13 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

14 ގަޑިއިރު ކުރިން
team

ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy