ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

ޕީކް ސީޒަނަށް ތައްޔާރުވާން އެމްއޭސީއޭސީއެލުން ބޭއްވި ބައްދަލުވުން ނިންމައިލުން: ފޮޓޯ/ އެމްއޭސީއެލް

މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮޕަރޭޝަނަލް ޓީމުތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.‏

‏މައި އެއާޕޯޓު ވީއައިއޭ ހިންގާ ‏އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ބޭއްވީ އިއްޔެގަ އެވެ.  

އެ ބައްދަލުވުމުގައި ކުރިއަށް އޮތް ދުވަސްވަރު އެއާޕޯޓުގެ ހިދުމަތްތަކަށް ގެނައުމަށް ހަމަޖެހިފައިވާ މުހިންމު ބަދަލުތަކުގެ ތަފުސީލުތައް ހިއްސާ ކުރެވުނެވެ. މީގެ އިތުރުން ޓޫރިޒަމް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް އަވަސްކޮށް، އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލުން ވަނީ އެއާޕޯޓުގެ ތަރައްގީއާއި، ފުޅާވަމުން އަންނަ އޮޕަރޭޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި "ޕީކް ސީޒަން" ކިޔަނީ އާންމުކޮށް ނޮވެމްބަރު މަހުން ފެށިގެން އޭޕްރީލް މަހުގެ ‏‏ނިޔަލަށް އޮންނަ ދުވަސްވަރަށެވެ.‏ ‏މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އަދި ރިސޯޓުތަކާއި އެއާޕޯޓުގެ އޮޕަރޭޝަންތައް އެންމެ ބާރުބޮޑުވާ ‏‏ދުވަސްވަރެވެ.‏

ކޮންމެ އަހަރެއްގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްގެ އެއާޕޯޓު އޮޕަރޭޝަންގެ ޓީމުތަކުން އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެ ފަދަ ބައްދަލުވުންތަކުގައި އެންމެ އެކަށީގެންވާ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް މަޝްވާތައް ކުރެ އެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

5 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

9 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

10 ގަޑިއިރު ކުރިން
team

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

10 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

11 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

13 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

13 ގަޑިއިރު ކުރިން
team

"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

16 ގަޑިއިރު ކުރިން
team

ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

21 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުން: ރައީސް

23 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy