މާލޭ ވެޓް މާކެޓް މަޝްރޫއު ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. ޓްރަސްޓެން މޯލްޑިވްސުން މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީ އެވެ.
މި މަޝްރޫއު 126,359,594.94 ރުފިޔާއަށް ޓްރަސްޓެން މޯލްޑިވްސްއާ ހަވާލުކުރީ 600 ދުވަސް ތެރޭ ނިންމުމަށެވެ.
އެ މަޝްރޫއުގެ ދަށުން 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްލެކްސް އެޅުން، ބޭސްމަންޓުގައި ޕާކިން، ގްރައުންޑް ފްލޯގައި ފިޝް މާކެޓް، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ވެޖިޓަބަލް މާކެޓް، 4 ވަނަ ފްލޯގައި ފުޑް ކޯޓު ހިމެނޭނެ އެވެ.
ކޮމެންޓް