ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލީއާގޭގައި

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލީއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށްރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ފިތުރު އީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް ރައީސްގެ ރަސްމީ ގެ، މުލީއާގޭގައި ކަމަށެވެ.

އީދު ސަލާން ކުރެއްވުމުގައި ބައިވެރިވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމު ތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރީންނަށާއި، ރާއްޖޭގެ އެކި ކުންފުނި ތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުންގެ ފަރާތުން ދައުވަތު އަރުވަ އެވެ.

އޭގެ އިތުރުން އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދީންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެދިނުމަށް ވެސް ރައީސްގެ ދެ ކަނބަލުން ދައުވަތު އަރުވަ އެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

ކޮމެންޓް

team

ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި

10 ގަޑިއިރު ކުރިން
team

ޕާޓީތަކުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް

15 ގަޑިއިރު ކުރިން
team

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސޮއިކޮށްފި

17 ގަޑިއިރު ކުރިން
team

ނިލަންދޫ މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިއްކަން ފަށައިފި

18 ގަޑިއިރު ކުރިން
team

ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑު ކުރަން މަޝްވަރާއެއް ނުކުރޭ

1 ދުވަސް ކުރިން
team

މާލޭ ވެޓް މާކެޓް މަޝްރޫއު 127 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަނީ

1 ދުވަސް ކުރިން
team

ދައުލަތުން ބަލަހައްޓާ ކުދިން އީދުގެ އުފަލުގައި ބައިވެރިކުރަން ފައިސާގެ އެހީ ދީފި

1 ދުވަސް ކުރިން
team

ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް: އުޝާމް

1 ދުވަސް ކުރިން
team

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުދިންނަށް ދީފި

1 ދުވަސް ކުރިން
team

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސް ވަގުތު ދޭ އިސްލާހު ތަސްދީގު ކޮށްފި

2 ދުވަސް ކުރިން
team

އުމްރާގެ އަޅުކަމުގައި އުޅުނު ދިއްވެއްސަކު ނިޔާވެއްޖެ

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy