ހިޖާޒު ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ހޮސް ހުރި މީހަކު މިރޭ ނިޔާވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާއަށް ގޮސް އުޅެނިކޮށް މައްކާގައި މިރޭ ނިޔާވެފައިވަނީ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީ ކަމަށެވެ.
އިބްރާހީމް ދީދީގެ ޖަނާޒާ މާތް ވެގެންވާ ހަރަމްފުޅުގައި މިރޭ ފަތިސްނަމާދު ފަހުން އޮންނާނެ ކަމުގެ މައުލޫމާތު ލިބިފައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
ކޮމެންޓް