ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28، ގައި ބާއްވަން އެ ބޭންކުން ނިންމައިފި އެވެ.
ބީއެމްއެލުން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވާނީ ސެލޯ ނަސަންދުރާ މާލޭގެ ބޯލްރޫމްގައި ރޭގަނޑު 9:00 ގައި ކަމަށެވެ.
މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒުރުވެގެންނާއި އަދި އޮންލައިންކޮށް "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.
ބޭންކުން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މާޗު 18 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ހިއްސާދާރުންނަށް ކަމަށެވެ.
ބޭންކުން ބުނީ މި ޖަލްސާގައި ހިއްސާދާރުންނަށް ބައިވެރިވެވޭނީ ރަޖިސްޓަރީކުރުމަށްފަހު ކަމަށެވެ. މި ގޮތުން ޕްރީ-ރަޖިސްޓަރީ ކުރުން މިއަދު މެންދުރު 1:00 ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު ރޭގަނޑު 9:00 ގެ ނިޔަލަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.
ބޭންކުގެ 43 ވަނަ އަހަރީ އާންމު ޖަލްސާއަށް އަމިއްލައަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ނިޔަލަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލެވޭނެ އެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ މި މުއްދަތުގެ ނިޔަލަށް ރަޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށް ބޭނުން ބުންޏެވެ.
ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި ޖަލްސާއަށް ރަޖިސްޓަރީ ކުރަން ބޭނުންވާ ނަމަ އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" ނުވަތަ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓަރީކުރާ ޕޯޓަލް މެދުވެރިކޮށް ވެސް ރަޖިސްޓަރީ ކުރެވިދާނެ އެވެ.
ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ރަޖިސްޓްރީކުރާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރާނެ ގޮތް ބޭންކުގެ ވެބްސައިޓުގައި މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.
ކޮމެންޓް