އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މިއަދު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 4:41 އެހާކަންހާއިރު ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ބިދޭސީ ފިރިހެނެކެވެ. ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވެ އެވެ.
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުން މަރުވެފައި އޮތް ބިދޭސީއަކު ފެނިފައިވާއިރު، އއ. ދިގުރަށުގައި ބިދޭސީ ލޭބަރުން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެސް ފަސް ބިދޭސީއަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް