މި ހާލަތުގައި ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލާ: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ/ ސަން

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އިތުރު ކުރަމުންދާ ވަޒީފާ ތަކާއި، އަދި އެހެނިހެން ބޭކާރު ހަރަދުތައް އެއްކޮށް ހުއްޓާލަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ފައިސަލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުގެ ބޭކާރު ހަރަދުތައް ހުއްޓާލައި، އިންތިހާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ހަރަދު ކުޑަކޮށް ގެންދެވޭނެ ގޮތް ތަކެއް ހޯދަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ އިގުތިސާދީ ދަތިކަމާ އެކު، މި ދަނޑިވަޅަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރަން ޖެހޭ ވަގުތު ކަމަށާއި ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސް ތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ ކަމަށެވެ.

މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމު ތަކުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ރާއްޖެއަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ގައުމު ތަކަށް ބަރޯސާވެފައި އޮންނަ ގައުމެއް ކަމަށެވެ.

އެހެންކަމުން ތެލާއި، ގޭހާއި، ކާބޯ ތަކެތި އަދި ބޭސް މެދު ކެނޑުމެއް ނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަގީން ކުރެވިފައި އޮންނަން ވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ވަނީ ކޯވިޑު 19ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސް ތަކުން ގިނަ ތަޖުރިބާ ތަކެއް ކޮށްފައި. އެ ދުވަހުގެ ދަތި އަދި ނާޒުކު ހާލަތުން އަރައި ގަނެވުނީ، ހަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅު ތަކާ އެކު، ރައްޔިތުންގެ ހިތްވަރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުން ކަމަށްވެފައި، މި ދުވަސްވަރަކީ ފަތުރުވެރި ކަމުގެ އާމްދަނީ ދަށް ވާނެ ދުވަސް ވަރެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

އެހެންވެ، ހަމައެކަނި ފަތުރުވެރިން އަދި ފުލައިޓުތައް އިތުރު ވާނެ ކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ފައިސަލް ގޮވާލެއްވީ މި ހާލަތުގައި ގައުމީ މަސްލަހަތު އިސްކޮށް، ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ހަރަދު ކުޑަ ކުރުމަށެވެ.

ކޮމެންޓް

team

ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި

10 ގަޑިއިރު ކުރިން
team

ޕާޓީތަކުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް

15 ގަޑިއިރު ކުރިން
team

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސޮއިކޮށްފި

17 ގަޑިއިރު ކުރިން
team

ނިލަންދޫ މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިއްކަން ފަށައިފި

18 ގަޑިއިރު ކުރިން
team

ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑު ކުރަން މަޝްވަރާއެއް ނުކުރޭ

1 ދުވަސް ކުރިން
team

މާލޭ ވެޓް މާކެޓް މަޝްރޫއު 127 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަނީ

1 ދުވަސް ކުރިން
team

ދައުލަތުން ބަލަހައްޓާ ކުދިން އީދުގެ އުފަލުގައި ބައިވެރިކުރަން ފައިސާގެ އެހީ ދީފި

1 ދުވަސް ކުރިން
team

ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް: އުޝާމް

1 ދުވަސް ކުރިން
team

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުދިންނަށް ދީފި

1 ދުވަސް ކުރިން
team

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލީއާގޭގައި

1 ދުވަސް ކުރިން
team

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސް ވަގުތު ދޭ އިސްލާހު ތަސްދީގު ކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy