ކ. ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހެލްތް ސޭފްޓީ އެންޑް ސެކިއުރިޓީ ޕްރޮގްރާމެއް ހިންގައިފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އެހެންކަމުން އެ މަގުސަދަށް ވާސިލުވުމަށް ޓަކައި، ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހާއްސް ކޮށްގެން 'ހެލްތް، ސޭފްޓީ އެންޑް ސެކިއުރިޓީ' ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ.
އެ ތަމްރީނުގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރި ވުމާއި، ސަލާމަތީ މިންގަނޑު ތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ އިތުރުން، ކުއްލި ހާލަތް ތަކުގައި ހަރުދަނާ ފިޔަވަޅުތައް އަޅާނެ ގޮތް ތަކުގެ މައުލޫމާތު ފޯރު ކޮށްދިނުން ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.
ގައުމީ ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނިގޮތުގައި ކުންފުނީގެ އަބަދު ވެސް އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް މެދުނުކެނޑި ފޯރު ކޮށްދިނުމެވެ.
ކޮމެންޓް