މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 12 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭނީ 3،000 ރުފިޔާ ކަމަށެވެ.
މުސާ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލާޝިޕް މުވައްޒަފުން) އަދި ނޯޕޭ ލީވް، ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާއެއް ނުލިބޭނެ އެވެ. ނަމަވެސް މި ފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުނި ހިދުމަތަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ލިބޭނެ އެވެ.
ކޮމެންޓް