ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިންކަން ފަށައިފި

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިންކަން ފެށުން-- ފޮޓޯ/ ރައީސް އޮފީސް

ގދ. ފިއޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ފައްޓަވައިދެއްވައިފި އެވެ.

މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫއަކީ ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަގުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިގުތިސާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމުގައި ވިދާޅުވި އެވެ.

ހަމަ އެޔާއެކު މި މަޝްރޫއު ފިޔޯރީގައި ކުރިޔަށް ގެންދިޔުމަށް ޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސުލްޖުމުހޫރިއްޔާ، އިސްކަން ދެއްވައި ބެހެއްޓެވި ހާއްސަ ކަމަށް ޓަކައި އެ މަނިކުފާނަށް ޝުކުރު އަދާ ކުރެއްވި އެވެ.

އަދި މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫއެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދު ކުރާ ކާރުހާނާއެއް އަޅަން ސަރުކާރުން ނިންމީ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ފިޔޯރީއަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާ، އަދި ފިޔޯރީއަކީ ތަރައްގީއާއި އަމިއްލަ ވަންތަކަން ދިރުވައި އާލާ ކުރަމުންދާ ރަށެއްކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި މި ކާރުހާނާ ގާއިމު ކުރެވުމުން، މުޅި އަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެން ދާނެކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، މި ކާރުހާނާ ގާއިމުކޮށް ނިމުމުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުގެ އިތުރަށް، މަސްވެރިކަމުގެ ދާއިރާއަށް އިތުރު އުޅަނދުތައް ނެރެ، ޒުވާނުން މަސްވެރިކަމުގައި ޝާމިލުވުމުގެ ވިސްނުން ގެންގުޅުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު، ސަރުކާރުން ވަނީ މަޝްރޫއުގެ ފަރުމާއަށް ބޮޑެތި އަދި މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ.

އެގޮތުން، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދު ކުރެވޭނެ ކާރުހާނާ އަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

team

ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހެލްތް އެންޑް ސޭފްޓީ ޕްރޮގްރާމެއް

10 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

13 ގަޑިއިރު ކުރިން
team

ރޯދަ އިނާޔަތް މި މަހުގެ 12 ވަނަ ދުވަހު ދެނީ

13 ގަޑިއިރު ކުރިން
team

ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރު

14 ގަޑިއިރު ކުރިން
team

ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލުވިކަމުގެ ތުހުމަތަށް 2 މީހަކު ހައްޔަރުކޮށްފި

14 ގަޑިއިރު ކުރިން
team

ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް

14 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރެއްގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕާކިސްތާނަށް

20 ގަޑިއިރު ކުރިން
team

ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

20 ގަޑިއިރު ކުރިން
team

ނ. އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

21 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގަންނަވަނީ

23 ގަޑިއިރު ކުރިން
team

ރޯދަ މަހު ފިނޭ ކައުންސިލުން ހިލޭ ކުނި އުކައިދެނީ

23 ގަޑިއިރު ކުރިން
team

10 ދުވަސް ތެރޭ މާލޭގައި 27،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy