ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ‏ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ޖަރުމަންގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް މި މަހުގެ 9 އިން 13 އަށް އެ ގައުމަށް ކުރައްވާ ދަތުފުޅެކެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުގެ ރައީސް އިތުރުން އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި އެ ބައްދަލުވުން ތަކުގައި ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ކަމަށެވެ.

އެ އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ރާއްޖޭގެ ތަޖުރިބާ" ހިއްސާ ކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރު ކުރައްވާނެ އެވެ. މި ދަތުރުފުޅުގައި ޖާމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުގެ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފުސީލު މައުލޫމާތު ދެއްވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު މި ދިމާވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާ އެވެ.

ރާއްޖެއާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގަ އެވެ.

ކޮމެންޓް

team

ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހެލްތް އެންޑް ސޭފްޓީ ޕްރޮގްރާމެއް

9 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

11 ގަޑިއިރު ކުރިން
team

ރޯދަ އިނާޔަތް މި މަހުގެ 12 ވަނަ ދުވަހު ދެނީ

12 ގަޑިއިރު ކުރިން
team

ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރު

12 ގަޑިއިރު ކުރިން
team

ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލުވިކަމުގެ ތުހުމަތަށް 2 މީހަކު ހައްޔަރުކޮށްފި

13 ގަޑިއިރު ކުރިން
team

ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް

13 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރެއްގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕާކިސްތާނަށް

19 ގަޑިއިރު ކުރިން
team

ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

19 ގަޑިއިރު ކުރިން
team

ނ. އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

20 ގަޑިއިރު ކުރިން
team

ރޯދަ މަހު ފިނޭ ކައުންސިލުން ހިލޭ ކުނި އުކައިދެނީ

22 ގަޑިއިރު ކުރިން
team

10 ދުވަސް ތެރޭ މާލޭގައި 27،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

1 ދުވަސް ކުރިން
team

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިންކަން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy