ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށް ކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑުރަގު އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ނާޒްލީމަންޒިލް މާލެ، ހަސަން ނުއާޒު، 28، އާއި ވ. ސެޓެލައިޓް މާލެ، އަހުމަދު ނައީމް، 39، އެވެ. މި ދެމީހުންނަށް ކޯޓުން ޖަހައިދިނީ 15 ދުވަހުގެ މުދަތަކެވެ.
ފުލުހުން ބުނީ މި މައްސަލާގައި އެކްސްޕްލޮއިޓް ކޮށްފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ.
ކޮމެންޓް