ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރު

މިނިސްޓަރު އާދަމް ޝަރީފް، ‏ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން-- ފޮޓޯ/ މިނިސްޓްރީ

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ހދ. އަތޮޅު ކައުންސިލްގެ އެދުމަކަށް އެ ކައުންސިލާ އެކު، މިއަދު މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލް ހިންގުމުގެ ނިޒާމަށް ބަދަލު ގެނެވުނުކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ އަތޮޅު މާލިއްޔަތުގައި ހުރި ފައިސާ ކުރިއަށް އޮތްތަނުގައި ވެސް އަތޮޅުގެ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތަކަށް ބޭނުން ކުރެވިގެން ދިޔުން ކަމަށެވެ.

އަދި އަތޮޅު ކައުންސިލުން، އަތޮޅުގައި ބާއްވަމުންއައި މުބާރާތްތައް ފަދަ އަތޮޅުގެ ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރިއަށް އޮތްތަނުގައި ވެސް ކުރިޔަށް، ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމާބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީއާ މަޝްވަރާ ކުރައްވަމުންދާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެދޭ ކަންކަމުގައި ކައުންސިލްތަކުން ފުރިހަމަ އެއްބާރުލުން ދޭ ކަމަށާއި، ވުމާ އެކު ކައުންސިލްތަކުން އެދޭ ކަންކަމުގައި ވެސް ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ކައުންސިލްތަކާއިސަރުކާރުގެ މުއައްސަސާތަކާ ދެމެދު ރަނގަޅު ކޮމިއުނިކޭޝަނެއް ގާއިމުވާން ޖެހޭ" މިނިސްޓަރު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޭނުންތެރި ނިޒާމެއް ކަމަށާއި، ކައުންސިލްތަކުން ރައްޔިތުންގެ ގާތަށް ގޮސްގެން ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މި ނިޒާމުން ފެންނަ އެންމެ ރީތި ސިފަކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"ރަށްރަށުގައި ބަލިހާލުގައި ދާންމަތިވެފައި ތިބޭ މީހުންގެ ގާތަށް ގޮސް ކައުންސިލުން އެމީހުންގެ ހާލު ބަލަމުން ގެންދޭ" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

ގުރައިދޫ އިންޖީނުގޭގެ މުވައްޒަފުންނަށް ހެލްތް އެންޑް ސޭފްޓީ ޕްރޮގްރާމެއް

9 ގަޑިއިރު ކުރިން
team

އެމްޑަބްލިޔުއެސްސީން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

11 ގަޑިއިރު ކުރިން
team

ރޯދަ އިނާޔަތް މި މަހުގެ 12 ވަނަ ދުވަހު ދެނީ

12 ގަޑިއިރު ކުރިން
team

ކުޑަކުއްޖަކު ލައްވައި ޑުރަގު އުފުލުވިކަމުގެ ތުހުމަތަށް 2 މީހަކު ހައްޔަރުކޮށްފި

13 ގަޑިއިރު ކުރިން
team

ފާޓިލިޓީ ސެންޓަރުގެ ތާރީހީ ކާމިޔާބީތައް ފާހަގަ ކުރުމަށް ހާއްސަ ރަސްމިއްޔާތެއް

13 ގަޑިއިރު ކުރިން
team

ރަސްމީ ދަތުރެއްގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕާކިސްތާނަށް

19 ގަޑިއިރު ކުރިން
team

ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

19 ގަޑިއިރު ކުރިން
team

ނ. އަތޮޅުގެ ތިން ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

20 ގަޑިއިރު ކުރިން
team

ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރެއްގައި ޖަރުމަނަށް ވަޑައިގަންނަވަނީ

21 ގަޑިއިރު ކުރިން
team

ރޯދަ މަހު ފިނޭ ކައުންސިލުން ހިލޭ ކުނި އުކައިދެނީ

22 ގަޑިއިރު ކުރިން
team

10 ދުވަސް ތެރޭ މާލޭގައި 27،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި

1 ދުވަސް ކުރިން
team

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިންކަން ފަށައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy