ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި އަހަރުގެ ރޯދައަށް ކޮންމެ ގޭބިސީ އަކަށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ދޫކުރަން ފެށީތާ އެންމެ 10 ވަރަކަށް ދުވަސް ތެރޭގައި މާލެ ސިޓީގައި އެކަނި ވެސް މާލެ ސިޓީގައި އެކަނި 27،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާ ބެހުން މި އަހަރު ކުރިއަށް ދަނީ ވަރަށް ހަލުވިކޮށް، އޮމާންކަމާ އެކު ކަށެވެ.
އެގޮތުން މިވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ބަހައިފައިވާ ކަމަށާ މިއީ ވަރަށް ބޮޑު ތަރުހީބެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކުވެސް ރޯދަ ހަދިޔާ ބަހާނެ އެވެ.
އެ މިނިސްޓްރީން ބުނީ މި ފަހަރު މިކަމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރާނެ ކަމަށާއި ކިޔޫގައި ގިނަ ވަގުތު މަޑުކުރާކަށް ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންނަށް ރޯދަ ހަދިޔާ ބަހަން ފެށީ މި ސަރުކާރުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިއީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިސްނެންގެވުމެއް ކަމަށެވެ. އަދި މިއީ ރޯދަ ހަދިޔާ ބަހާ 2 ވަނަ އަހަރު ކަމަށެވެ.
މިދިޔަ އަހަރު ރޯދަ ހަދިޔާ ބަހަން ފެށި ހަފުތާ ކިޔޫ ދިގުވެ، ހަދިޔާއާ ހަވާލުވާން ގިނަ ވަގުތު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވި ނަމަވެސް، އެކަން ސަރުކާރުން ހައްލުކޮށްފައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ގޮތުން މި ފަހަރު މި ފަދަ އެއްވެސް ދަތިކަމެއް ދިމާނުވެ، ރޯދަ ހަދިޔާ ބެހުން ރައްޔިތުންގެ ބޮޑު ތަރުހީބަކާ އެކު ކުރިއަށް ދިއުމަކީ ފާހަގަ ކުރަން ޖެހޭ މުހިންމު ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަ ދަނޑު
- ގަލޮޅު ދަނޑު (1)
- ގަލޮޅު ދަނޑު (2)
- ގަލޮޅު ދަނޑު (3)
- ގަލޮޅު ދަނޑު (4)
- ހުޅުމާލެ- ފޭސް 1؛
- އުމަރު ޒާހިރު ބިލްޑިން
- ޕޮލްކޯ ޓަވާ ތިރި
- މުހައްމަދު ގާސިމް ޕްރީ ސްކޫލް
- ހުޅުމާލެ ފޭސް 2؛
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- ވިނަރެސް ފުލެޓު
- ވިލިމާލެ؛
- ވެމްކޯ ސައިޓް
ކޮމެންޓް