ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި ހދ. ފިނޭ ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް ހިލޭ ކުނި އުކައިދިނުމުގެ ހިދުމަތް ދޭ ގޮތަށް ނިންމައިފި އެވެ.
އެ ކައުސިލުން އާންމުކުރި އިއުލާނުގައި ބުނީ ކައުންސިލުން ދެމުން ގެންދާ ކުނި އުކައިދިނުމުގެ ހިދުމަތުގެ ފީ އާއި އަމިއްލައަށް ކުނި އުކުމަށް އެދި ހުއްދަ ނަގާ ފަރާތްތަކުން ދައްކާ ފީ މި އަހަރުގެ ފެބްރުއަރީ އަދި މާޗް މަހަށް ދައްކަން ނުޖެހޭނެ ކަމަށެވެ.
ފެބްރުއަރީ މަހަށް އެ ފީ ދައްކާފައިވާ ފަރާތްތަކުގެ ފީ އޭޕްރީލް މަހުގެ ފީގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް ވެސް އިއުލާންގައިވެ އެވެ.
ފިނޭގެ ކުނި ފީ މައާފުކޮށްދޭން ފާސްކުރީ ކައުންސިލުގެ 193 ވަނަ ބައްދަލުވުމުންނެވެ.
ރޯދަ ހަދިޔާއެއްގެ ގޮތުގައި ރަށްރަށުގެ ހުރިހާ ގޭބިސީތަކުގައި އުފެދޭ ކުނި ހިލޭ އުކައިދިނުމަކީ ކައުސިލްތަކުން ކުރާ ކަމެކެވެ.
ކޮމެންޓް