ޕަރީ ފިލްމުގެ އަގުވައްޓާލަން އުޅޭ މީހުންނަށް ސީޒަންގެ ނަސޭހަތެއް!

ފިލްމް ޑައިރެކްޓާ ސީޒަން

މި މަހު ހަތް ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކޮށް ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ދިވެހި ބިރުވެރި ފިލްމު "ޕަރީ" ގެ އަގުވައްޓާލަން މަސައްކަތް ނުކުރުމަށް ގޮވައިލާ، އެކަން ކުރާ ފަރާތްތަކަށް މަޝްހޫރު އެކްޓާ އަދި ޑައިރެކްޓާ އަލީ ސީޒަން ނަސޭހަތެއް ދީފި އެވެ.

ސީޒަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނީ "ޕަރީ" ފިލްމުގެ އަގުވައްޓައިލާ ފިލްމުގެ ވިޔަފާރިއަށް ކޮންމެ ވެސް ސިފައެއްގައި ގެއްލުން ދޭން ބަޔަކު މަސައްކަތްކުރާ ކަމަށެވެ.

އެގޮތުން ރައްޔިތުންްގެ ސަޕޯޓް ފިލްމަށް ލިބިފައި އޮތްލެއް ބޮޑުކަމުން އެ ސަޕޯޓް ދުއްވާލުމުގެ ބޭނުމުގައި އަޑީގައި ބަޔަކު ތިބެގެންް ވަރަށް ބޮޑަށް ރޭވިގެން ޕަރީގެ ފޭސްބްކް ޕޭޖަށް ފޭކް އައިޑީ ހަދައިގެން ކޮމެންްޓްކުރާ ކަމަށް ސީޒަން ބުންޏެވެ.

އެހެންކަމުން އެފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް ސީޒަން ވަނީ ގޮވައިލާފަ އެވެ.

އަހުމަދު އަހުސަން އާއި ސީޒަން ޕްރޮޑިއުސްކުރާ "ޕަރީ" ގެ ތަރިންގެ ތެރޭގައި ސީޒަން، ރިޝްމީ ރަމީޒް، ޖުމައްޔިލް ނިމާލް، ޝީލާ ނަޖީބު އަދި ކުޑަކުއްޖެއްގެ ރޯލުން އަލަށް ތައާރަފުކުރާ މަރިޔަމް ލަމްޝާ ހިމެނެ އެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ހޫދު އިބްރާހީމެވެ.

ކޮމެންޓް

team

ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި

10 ގަޑިއިރު ކުރިން
team

ޕާޓީތަކުގެ ބަދަލުގައި މިވަގުތު އިސްކަންދެނީ ހާއްސަ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް

15 ގަޑިއިރު ކުރިން
team

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީ ކުރަން ސޮއިކޮށްފި

17 ގަޑިއިރު ކުރިން
team

ނިލަންދޫ މަސް ބަންދުކުރާ ކާރުހާނާ އަޅަން ބޭނުންވާ ބިން ހިއްކަން ފަށައިފި

18 ގަޑިއިރު ކުރިން
team

ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ ބޮޑު ކުރަން މަޝްވަރާއެއް ނުކުރޭ

1 ދުވަސް ކުރިން
team

މާލޭ ވެޓް މާކެޓް މަޝްރޫއު 127 މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

1 ދުވަސް ކުރިން
team

ގާސިމްގެ ނަމުގައި ސްކޭމެއް ހިންގަނީ

1 ދުވަސް ކުރިން
team

ދައުލަތުން ބަލަހައްޓާ ކުދިން އީދުގެ އުފަލުގައި ބައިވެރިކުރަން ފައިސާގެ އެހީ ދީފި

1 ދުވަސް ކުރިން
team

ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް: އުޝާމް

1 ދުވަސް ކުރިން
team

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުދިންނަށް ދީފި

1 ދުވަސް ކުރިން
team

ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން މުލީއާގޭގައި

1 ދުވަސް ކުރިން
team

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސް ވަގުތު ދޭ އިސްލާހު ތަސްދީގު ކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy