އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަނީ ބުރަ މަސައްކަތެއް ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މި ގޮތަށް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯއާ ދެ ބޭފުޅުން ބައްދަލުކުރައްވާ ފޮޓޯތަކަކާއެކު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްޑީ ޝަކީލްގެ ޕޯސްޓުގައި ވިދާޅުވީ ވީދިފައިވާ އިޖުތިމާއީ ފޭރާން އަލުން ރަނގަޅު ކުރުމަށް ރައީސް ކުރައްވަނީ އުނދަގޫ އަދި އެހާ މެ ބުރަ މަސައްކަތެއް ކަމަށެވެ. އަދި އެކަން މިއަދު ދިވެހި ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނާއި އެއްމެހާ ދިވެހި ރައްޔިތުން އެއްތަން ކުރުވައި ވީދިފައިވާ އިޖުތިމާއީ ފޭރާން އަލުން ރަނގަޅު ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވާ އުނދަގޫ އަދި ބުރަ މަސައްކަތަކީ މިއަދު ކޮންމެ ދިވެހި ރައްޔިތެއް ވެސް އުފަލާއެކު އެކަން ބަލައިގަންނަ ކަމެއް،" ޝަކީލްގެ ޕޯސްޓުގައި ވެ އެވެ.
ޝަކީލް ވިދާޅުވީ ހުރިހާ ސިޔާސީ ފިކުރެއް އެއްތަން ކުރުވާ ދިވެހި ފުޓްބޯޅަ ކޯމާއެއްގައި އޮއްވާ ދިވެހި ފުޓްބޯޅައަށް ދިރުން ގެނެސްދެއްވީ ވެސް ރައީސް ޑރ. މުއިއްޒު ކަމަށެވެ.
ކޮމެންޓް