މިރޭވެސް އިލްޒާމްގެ ލޭޓްނައިޓް ޝޯ އޮންނާނެ! ވަރަށް ބާރުބޮޑު!

—-

މިރޭ 8:15 ގައި އެޅުވުމަށް ހަމަޖެހިފައިވާ، ދިވެހި ފިލްމް އިލްޒާމްގެ ޝޯ ހައުސް ފުލްވެ، މިރޭގެ ދަންވަރު ޝޯގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

ފަހުގެ ތާރީހެއްގައި މިހާތަނަށް ބޭއްވި އެންމެ ކުލަގަދަ ޕްރިމިއާރ ހަފްލާއަށްފަހު މި ފިލްމު ބެލުމުގެ ޝައުޤުވެރިކަން ބެލުންތެރިންގެ މެދުގައި ވަނީ އިންތިހާއަށް ގަދަވެފައެވެ.

ދަންވަރު ޝޯތައްވެސް ހައުސް ފުލްވަމުން އަންނައިރު، މި ފިލްމް ބެލި ގިނަ ބަޔަކު އަންނަނީ މި ފިލްމަށް ތައުރީފު ކުރަމުންނެވެ. ހާއްސަކޮށް، ޔޫއްޕެ މި ސްކްރީން ޕްލޭއަކީ މިހާތަނަށް ފެންނަ އެންމެ ތަފާތު ސްކްރީން ޕްލޭކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމް ރާއްޖެތެރޭގެ އިތުރުން ރިސޯޓުތަކުގައި އެޅުވުމަށްވެެސް ވަނީ ހަމަޖެހިފައެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމްގައި ހިމެނޭ ގިނަ ތަރިން ރެޑްކާޕެޓުން ފެނިގެން ދިޔައެެވެ. ފިލްމް ޕްރިމިއާ ކުރުމުގެ ހަފްލާގައި "އިލްޒާމް"ގެ ޕްރޮމޯޝަނަލް ލަވައެއް ފެނިގެން ދިޔައިރު، މި ލަވައިގެ ނެށުން ހުށަހަޅައިދިނީ ހިޔަލަ ޑާންސް ގުރޫޕުގެ ފަރާތުންނެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ. މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ކޮމެންޓް

team

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސް ކުރައްވަނީ ބުރަ މަސައްކަތެއް: ޝަކީލް

7 ގަޑިއިރު ކުރިން
team

ދިވެހި ފުޓްބޯޅައަށް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭ: ފީފާގެ ރައީސް

8 ގަޑިއިރު ކުރިން
team

ކޮލަމާ ފުށްޓަށް ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ބަޔަކު އަތުލައިގެންފި

9 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

10 ގަޑިއިރު ކުރިން
team

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

10 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި

12 ގަޑިއިރު ކުރިން
team

ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން: އާޒިމް

1 ދުވަސް ކުރިން
team

ސްޓެލްކޯއިން 74 ހާހަށްވުރެ ގިނަ ގަސް އިންދައިފި

1 ދުވަސް ކުރިން
team

ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ 11 މުވައްޒަފުން ‏‏މެލޭޝިއާއަށް

1 ދުވަސް ކުރިން
team

އިލްޒާމްގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ، މިރޭގެ ދަންވަރު ޝޯވެސް ހައުސް ފުލްވަނީ!

1 ދުވަސް ކުރިން
team

ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

1 ދުވަސް ކުރިން
team

ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy