ދިވެހި ފުޓްބޯޅައަށް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭ: ފީފާގެ ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފީފާގެ ރައީސް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފުޓްބޯޅަ އަށް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަޖެހޭ ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް (ފީފާ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ، ވިދާޅުވެއްޖެ އެވެ.

ފީފާގެ ރައީސް މި ގޮތަށް ވިދާޅުވެ، ދިވެހި ފުޓްބޯޅައަށް ތައުރީފު ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އެމަނިކުފާނު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އަދި ވަގުތު ހުސްކޮށްގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ، އެ ކަމަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދޭ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރުކަން ފާހަގަ ކުރައްވާފަ އެވެ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖްމްހޫރިއްޔާ ވަނީ ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ކުރަމުން އަންނަ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފީފާ ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ގަބޫލު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަ ކުރައްވަމުން އެ މަނިކުފާނު ވަނީ އެފްއޭއެމް ގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފު ކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދު ވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، މުޅި ދުނިޔެއަށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާ ކާމިޔާބީ ވެސް ވިދާލާނެ ކަމަށް ފީފާގެ ރައީސް ވިދާޅުވި އެވެ.

މި އަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމަށް އެއްބާރުލުންދިނުމާއި އެފްއޭއެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް

team

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސް ކުރައްވަނީ ބުރަ މަސައްކަތެއް: ޝަކީލް

8 ގަޑިއިރު ކުރިން
team

ކޮލަމާ ފުށްޓަށް ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ބަޔަކު އަތުލައިގެންފި

9 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

11 ގަޑިއިރު ކުރިން
team

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

11 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި

13 ގަޑިއިރު ކުރިން
team

މިރޭވެސް އިލްޒާމްގެ ލޭޓްނައިޓް ޝޯ އޮންނާނެ! ވަރަށް ބާރުބޮޑު!

14 ގަޑިއިރު ކުރިން
team

ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން: އާޒިމް

1 ދުވަސް ކުރިން
team

ސްޓެލްކޯއިން 74 ހާހަށްވުރެ ގިނަ ގަސް އިންދައިފި

1 ދުވަސް ކުރިން
team

ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ 11 މުވައްޒަފުން ‏‏މެލޭޝިއާއަށް

1 ދުވަސް ކުރިން
team

އިލްޒާމްގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ، މިރޭގެ ދަންވަރު ޝޯވެސް ހައުސް ފުލްވަނީ!

1 ދުވަސް ކުރިން
team

ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

1 ދުވަސް ކުރިން
team

ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy