ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު: ފޮޓޯ/ އެމްޓީސީސީ

ލ. ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މިއަދު ސޮއިކުރި މަޝްރޫއުގެ ދަށުން ކަލައިދޫއާއި ދަނބިދޫއާ ދޭތެރޭ އެއް ކިލޯމީޓަރުގެ ކޯޒްވޭއެއް ގާއިމުކުރާނެ އެވެ .

މީގެ ތެރޭގައި 36.17 މީޓަރު ދިގު މަގަކާއި 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެއެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.
މިއީ 155.94 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ގާއިމުވުމުން ދެ ރަށުގެ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހިވާނެ ކަމަށާއި އެ ގޮތުން ކޯޒްވޭގެ ސަބަބުން އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ވެސް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓް

team

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސް ކުރައްވަނީ ބުރަ މަސައްކަތެއް: ޝަކީލް

5 ގަޑިއިރު ކުރިން
team

ދިވެހި ފުޓްބޯޅައަށް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭ: ފީފާގެ ރައީސް

6 ގަޑިއިރު ކުރިން
team

ކޮލަމާ ފުށްޓަށް ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ބަޔަކު އަތުލައިގެންފި

7 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

8 ގަޑިއިރު ކުރިން
team

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

9 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި

10 ގަޑިއިރު ކުރިން
team

މިރޭވެސް އިލްޒާމްގެ ލޭޓްނައިޓް ޝޯ އޮންނާނެ! ވަރަށް ބާރުބޮޑު!

11 ގަޑިއިރު ކުރިން
team

ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން: އާޒިމް

1 ދުވަސް ކުރިން
team

ސްޓެލްކޯއިން 74 ހާހަށްވުރެ ގިނަ ގަސް އިންދައިފި

1 ދުވަސް ކުރިން
team

ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ 11 މުވައްޒަފުން ‏‏މެލޭޝިއާއަށް

1 ދުވަސް ކުރިން
team

އިލްޒާމްގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ، މިރޭގެ ދަންވަރު ޝޯވެސް ހައުސް ފުލްވަނީ!

1 ދުވަސް ކުރިން
team

ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy