އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި

އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް މިވަނީ ހިދުމަތް ދޭން ފަށާފައި: ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ނުވަތަ ޓާމިނަލް 1އިން ‏ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި އެވެ‏‎.‎

ޓާމިނަލް 1އިން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ‏‏ބާއްވައިފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑް ޑިރެކްޓަރު އިބްރާހިމް މަހުދީ އެވެ.‏

މި ރަސްމިއްޔާތުގައި ވިލާ ޓްރެވަލްސްގެ އެއާޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ ‏‏އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ‏‎.‎

‏މި އަދުގެ ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފުލައިޓުން ދަތުރުކުރި ‏‏142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ.

މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ ‏‏މަތިންދާބޯޓު ‏‎ OQ2393 ‎‏ރާއްޖެ އައި ‏‎79‎‏ ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވެސް ‏‏ކިޔައިފަ އެވެ‏‎.‎

‏ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ‏‏ދަތުރުތައް ފެށީ 24 ޖޫން 2024 ގަ އެވެ.‏

‏ޗޮންޗިން އެއާލައިނާއެކު ޓާމިނަލް 1އިން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ‏‏ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.‏

ކޮމެންޓް

team

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސް ކުރައްވަނީ ބުރަ މަސައްކަތެއް: ޝަކީލް

7 ގަޑިއިރު ކުރިން
team

ދިވެހި ފުޓްބޯޅައަށް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭ: ފީފާގެ ރައީސް

8 ގަޑިއިރު ކުރިން
team

ކޮލަމާ ފުށްޓަށް ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ބަޔަކު އަތުލައިގެންފި

9 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

10 ގަޑިއިރު ކުރިން
team

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

10 ގަޑިއިރު ކުރިން
team

މިރޭވެސް އިލްޒާމްގެ ލޭޓްނައިޓް ޝޯ އޮންނާނެ! ވަރަށް ބާރުބޮޑު!

13 ގަޑިއިރު ކުރިން
team

ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން: އާޒިމް

1 ދުވަސް ކުރިން
team

ސްޓެލްކޯއިން 74 ހާހަށްވުރެ ގިނަ ގަސް އިންދައިފި

1 ދުވަސް ކުރިން
team

ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ 11 މުވައްޒަފުން ‏‏މެލޭޝިއާއަށް

1 ދުވަސް ކުރިން
team

އިލްޒާމްގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ، މިރޭގެ ދަންވަރު ޝޯވެސް ހައުސް ފުލްވަނީ!

1 ދުވަސް ކުރިން
team

ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

1 ދުވަސް ކުރިން
team

ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy