ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓެއް ވަރަށް އަވަހަށް ގާއިމުކޮށްދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ލ. ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓެއް ވަރަށް އަވަހަށް ގާއިމުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަމު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު މަގުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ އިތުރުން އެ ތަންތަނުގެ މެއިންޓަނަންސް މަސައްކަތަކީ މުހިންމު ކަމެއް ކަމަށެވެ. ރަށުން ބޭރުގެ ޕަބްލިކް ވޯކްސް ޔުނިޓަކުން ތަކެތި ގެނެސްގެން މަސައްކަތްކުރާ ގޮތް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

''މި ރަށުގައި (ލ.ގަމުގައި) ޕަބްލިކް ވޯކްސް ޔުނިޓެއް އަޅުގަނޑުމެން ގާއިމުކޮށްދޭނަން'' އެ މަނިކުފާނު ވިދާޅުވި އެވެ. ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓް ގާއިމުކުރުމަށް ޓަކައި ބޭނުންވާ ބަޖެޓު ހަމަޖައްސާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަކެތި ހޯދުމުގެ މަސައްކަތް ކަމަށް ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"ތަކެތި އަންނަން ނަގާނެ ދޮޅުމަހެއް ދެ މަހެއްހާ ދުވަސް، އަމާޒަކީ މި އަހަރު ނިމެންވާ އިރަށް ތަކެތި ގެނައުން'' އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގަމުގެ ޕަބްލިކް ވޯކްސްއަށް ބޭނުންވާ މެޝިނަރީޒާއި، ޕަބްލިކް ވޯކްސް ޔުނިޓުގެ މެޝިނަރީޒް ވަރަށް އަވަހަށް އެ ރަށަށް ގެންދާނެ ކަމަށެވެ. އަދި އެ ކަމަށް ބޭނުންވާ މުވައްޒަފުން ނަގައި، އެ ރަށުގައި މަސައްކަތްތައް ވަރަށް އަވަހަށް ހިނގަން ފަށާނެ ކަމުގެ ޔަގީންކަން ގަމުގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި އެވެ.

ކޮމެންޓް

team

އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ރައީސް ކުރައްވަނީ ބުރަ މަސައްކަތެއް: ޝަކީލް

5 ގަޑިއިރު ކުރިން
team

ދިވެހި ފުޓްބޯޅައަށް އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްހަމަ ޖެހޭ: ފީފާގެ ރައީސް

6 ގަޑިއިރު ކުރިން
team

ކޮލަމާ ފުށްޓަށް ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ބަޔަކު އަތުލައިގެންފި

7 ގަޑިއިރު ކުރިން
team

ވީއައިއޭގެ ޓާމިނަލް 1އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފި

8 ގަޑިއިރު ކުރިން
team

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

9 ގަޑިއިރު ކުރިން
team

އައު ޓާމިނަލުން ޗޮންޗިން އެއާލައިނަށް ވެސް ހިދުމަތް ދޭން ފަށައިފި

10 ގަޑިއިރު ކުރިން
team

މިރޭވެސް އިލްޒާމްގެ ލޭޓްނައިޓް ޝޯ އޮންނާނެ! ވަރަށް ބާރުބޮޑު!

11 ގަޑިއިރު ކުރިން
team

ބަންގީގެ އަޑު މަޑުކުރަނީ މިނިސްޓްރީން ވަޒީފާ ދީފައިވާ މުދިމުން: އާޒިމް

1 ދުވަސް ކުރިން
team

ސްޓެލްކޯއިން 74 ހާހަށްވުރެ ގިނަ ގަސް އިންދައިފި

1 ދުވަސް ކުރިން
team

ޒަކާތާ ގުޅޭ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ 11 މުވައްޒަފުން ‏‏މެލޭޝިއާއަށް

1 ދުވަސް ކުރިން
team

އިލްޒާމްގެ ޓިކެޓަށް ޑިމާންޑް ބޮޑުވެ، މިރޭގެ ދަންވަރު ޝޯވެސް ހައުސް ފުލްވަނީ!

1 ދުވަސް ކުރިން
team

ނޮވެމްބަރު 2 ވަނަ ދުވަހަކީ ސަރުކާރުން ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy