ލ. ގަމުގައި ސްޕޯޓް ކޮމްޕްލެކްސްއެއް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ގަމުގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހީމް އެވެ. އެމްއޭސީސީއެލްގެ ފަރާތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފު އެވެ.
ގަމުގައި އަޅައި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތުކުރުމަށް ޓަކައި ހާއްސަ ކޮޓަރިއަކާއި ބޯޑު ގޭމްތަކާއި ތަފާތު ކުޅިވަރުތައް ކުޅުމަށް ހޯލަކާއި އަދި ބައްދަލުވުންތައް ބާއްވާ ކޮޓަރިއެއް ހަދާނެ އެވެ.
މި މަޝްރޫއުއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނެސް އެންޑް ރެކްސިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް