އިސްދޫ އަދި ކަލައިދޫގެ 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ދެ ރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
މި ހޮސްޕިޓަލު ތަރައްގީކުރާނީ ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަވާނެ ސަރަހައްދެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެރަށުގެ ރައްޔިތުންނަށް ވެސް ފަސޭހައިން ހިދުމަތް ލިބޭނެ ތަނެއްގައި ހޮސްޕިޓަލް އަޅާނީ، އަދި މިހާރު ހުރި މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކުރުމަށް ވެސް އާޅުގަނޑުމެން ހޮސްޕިޓަލްގެ ކުރިން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒުވަނީ ދެ ރަށުގެ ތަރައްގީއަށް މުހިއްމު މަޝްރޫއުތަކުގެ މައްޗަށް ވެސް އަލިއަޅުއްވާ ލައްވާފަ އެވެ.
ކޮމެންޓް