ސ. ހިތަދޫގައި ހުންނަ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެ މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާ ތަކަށް ދާދި ދެންމެއަކު ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް