ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

ރައީސް ޑރ. މުއިއްޒު ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލު މި އަހަރު ތެރޭގައި ދީ ހަލާސްކޮށްދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ގަމު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރޭ ސޮއިކުރި، ގަމުގައި 100 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއާއި، މިހާރު ހިނގަމުންދާ 100 ހައުސިން ޔުނިޓުގެ މަޝްރޫއާއި، 100 ހައުސިން ޔުނިޓުގެ އިތުރު މަޝްރޫއެއް ހިމެނޭ ގޮތަށް ގަމުގައި ޖުމުލަ 300 ހައުސިން ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް ޑރ. މުއިއްޒު ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ހައުސިން މަޝްރޫއުތައް ހިންގާނެ އެއް ރަށަށް ގަން ވާނޭކަމުގައި ވިދާޅުވެފަ އެވެ.

މި މަސައްކަތުގެ އިތުރުން، އެހެން ރަށްރަށުން ގަމަށް ބަދަލުވި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ހަލާސްކޮށްދެއްވާނޭ ކަމުގައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދަށް އިޝާރާތްކުރައްވަމުން، އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖައްސަވާފައިކަމަށް ވިދާޅުވި އެވެ.

ދާދި އަވަހަށް، ކަމާބެހޭ ވުޒާރާތަކުން ޓީމުތައް އައިސް، ބޭނުންވާ މައުލޫމާތުތައް ހޯއްދެވުމަށްފަހު، ކޮންމެ މީހަކަށް 50،000 ރުފިޔާގެ ރޭޓުން، ޖުމުލަ 8.45 މިލިޔަން ރުފިޔާ، ހައްގުވެރީންގެ އެކައުންޓަށް ޖަމާކުރައްވާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

އިސްދޫ އަދި ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކޮށްދޭނަން: ރައީސް

9 މިނިޓު ކުރިން
team

ހިތަދޫ ގެއެއްގައި މަރުވެފައި އޮތް ދެ މީހަކު ފެނިއްޖެ

20 މިނިޓު ކުރިން
team

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 8.5 ޕަސެންޓު އިތުރުވެއްޖެ

44 މިނިޓު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

17 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

17 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

17 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

18 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

18 ގަޑިއިރު ކުރިން
team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

18 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

19 ގަޑިއިރު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

19 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

19 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy