މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސް ޑރ. މުއިއްޒު މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ލ. މާބައިދޫގައި ގާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާބައިދޫގައި ބޭއްވި ރަސްމިއްޔަތުގަ އެވެ.

މި މަޝްރޫއަކީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގައި މަބައިދޫގައި ގާއިމުކުރަނީ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ އެކެވެ.

ރައީސް ޑރ. މުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާވަށުގައްޔާއި ހިތަދޫގައި ވެސް އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތްވަނީ ފަށާފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފަ އެވެ.

ކޮމެންޓް

team

ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

6 ގަޑިއިރު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

8 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

8 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

9 ގަޑިއިރު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

9 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

11 ގަޑިއިރު ކުރިން
team

ފޮނަދޫ ބަނދަރު ހެދުމާއި ‏މަގުތައް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި އެމްޓީސީސީއަށް

11 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy