ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހަދާ އައު އިމާރާތުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ގަމުގައި ބާއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން 31,968.78 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ހަދާނެ އެވެ.
އެމްޓީސީސީއާ މި މަޝްރޫއު 99.93 މިލިއަން ރުފިޔާއަށް ހަވާލުކުރީ 540 ދުވަސްތެރޭ ނިންމުމަށެވެ.
ކޮމެންޓް