20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

—-

އޮލިމްޕަހުގައި ރޭ ޕްރިމިއާރ ކުރި ދިވެހި ފިލްމް "އިލްޒާމް" އިޝްތިހާރުކޮށްފައިވަނީ 20.10 ގެ ނަމުގައެވެ. ގިނަ މީހުންނަށް އެނގިފައި އޮތީ އެއީ ފިލްމް އަޅުވާ ތާރީހު ކަމަށެވެ. އެހީވީ މުޅިއަކުން ގޯސްކޮށެއް ނޫނެވެ. ނަމަވެސް 20.10 ގެ ހާއްސަކަން އެއަށްވުރެ މާ ބޮޑެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެކްޓަރ، ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ އުފަންދުވަހުގެ ހަދިޔާ ގުޅިފައިވަނީ އައިލެންޑް ޕާފިއުސްއާއެވެ. ޔޫއްޕެގެ އުފަންދުވަހު ޕްރިމިއާރ ކުރެވިގެން ދިޔަ އިލްޒާމްގެ މެއިން ސްޕޮންސަރއަކީވެސް އައިލެންޑް ޕާފިއުމްސްއެވެ.

20.10 ބްރޭންޑްގެ ސެންޓު ތަޢާރަފްކޮށް، ރޭގެ ޕްރިމިއާރ ނައިޓަށް އައި ކޮންމެ މީހަކަށް ސެންޓު ފުޅިއެއްވެސް ހަދިޔާ ކުރީއެވެ. މިއީ ފިލްމެއްގެ ޕްރިމިއާރއަށް މިހާތަނަށް ސްޕޮންސަރަކު ކުރި އެންމެ ބޮޑު ހޭދައެވެ.

"މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަދި އަޅުގަނޑުގެ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އައިލެންޑް ޕާފިއުމްސްގެ ޝަބީން އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" ޔޫއްޕެ ބުންޏެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމްގައި ހިމެނޭ ގިނަ ތަރިން ރޭގެ ރެޑްކާޕެޓުން ފެނިގެން ދިޔައެެވެ. ފިލްމް ޕްރިމިއާ ކުރުމުގެ ހަފްލާގައި "އިލްޒާމް"ގެ ޕްރޮމޯޝަނަލް ލަވައެއް ފެނިގެން ދިޔައިރު، މި ލަވައިގެ ނެށުން ހުށަހަޅައިދިނީ ހިޔަލަ ޑާންސް ގުރޫޕުގެ ފަރާތުންނެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.

މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ކޮމެންޓް

team

ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

6 ގަޑިއިރު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

8 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

8 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

9 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

9 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

11 ގަޑިއިރު ކުރިން
team

ފޮނަދޫ ބަނދަރު ހެދުމާއި ‏މަގުތައް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި އެމްޓީސީސީއަށް

11 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy