ލ. ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ގަމުގައި ބާއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެއެމްޓީސީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން ފަޅު އަދި ނެރު ފުންކުރުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 151 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި 25 މީޓަރު ދިގު ދެ މީޓަރު ފުޅާ ބުރިޖެއް ހެދުމާއި 145 މީޓަރުގެ ނެރު ބޭރުތޮއްޓެއް ލުމާއި 23.50 މީޓަރުގެ މޫދު އަޑިއަށްވާ ގޮތަށް ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޓީސީސީއާ މި މަޝްރޫއު 34.06 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ 525 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ކޮމެންޓް