އައްޑޫގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ އާބާދީ އިތުރުކުރުން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ --

އައްޑޫ ސިޓީ ބައިބައިކުރުމުން ވަކިވަކި ރަށްރަށަށް ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުމީ އެ ތަނުގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ހޯދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ އައްޑޫ ސިޓީ ކައުސިން އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް ޓަކައި އައްޑޫ، ހުޅުދޫ އާއި މީދޫ އާއި އެ އަތޮޅު ފޭދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ތައްޔާރުވަމުން އަންނަ ވަގުތެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ޝަރުތު ހަމަވާ ފަންނީ، އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އިސްލާމީ އުއްމަތެއްގައި މި ފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުންގެ އިތުރުން އެ ނޫން ވެސް ފަންނީ މީހުން ބައިވަރު ތިބޭނެ ކަމަށެވެ.

"އައްޑޫއަކީ 50 ހާސް މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ،" ނަޝީދު ވިދާޅުވި އެވެ.  

ކޮމެންޓް

team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

1 މިނިޓު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

25 މިނިޓު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

37 މިނިޓު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

50 މިނިޓު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

1 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

1 ގަޑިއިރު ކުރިން
team

ފޮނަދޫ ބަނދަރު ހެދުމާއި ‏މަގުތައް ތަރައްގީކުރުމުގެ ތިން ވަނަ ފިޔަވަހި އެމްޓީސީސީއަށް

1 ގަޑިއިރު ކުރިން
team

ހުޅިމެންދޫގައި ހޮޓެލް އިސްކޫލަކާއި ރިސޯޓެއް ހަދަން އެމްއޭސީއެލަށް

2 ގަޑިއިރު ކުރިން
team

ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން: ރައީސް

3 ގަޑިއިރު ކުރިން
team

މާބައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކޮށްދޭނަން: ރައީސް

3 ގަޑިއިރު ކުރިން
team

ފޮނަދޫ ސްޕޯޓްސް ކޮމްޕްލެސް އަޅަން އެމްއޭސީއެލްއާ ހަވާލުކޮށްފި

5 ގަޑިއިރު ކުރިން
team

ޖަޕާނުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ. މުއިއްޒު މަރުހަބާ ދަންނަވައިފި

6 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy