ހުޅިމެންދޫގައި ހޮޓެލް އިސްކޫލަކާއި ރިސޯޓެއް ހަދަން އެމްއޭސީއެލަށް

ހުޅިމެންދޫގައި ހޮޓެލް އިސްކޫލަކާއި ރިސޯޓެއް ހަދަން އެމްއޭސީއެލްއާ ހަވާލުކުރުން --

ލ. ހުޅިމެންދޫގައި ހޮޓެލް އިސްކޫލަކާއި ރިސޯޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މާމެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އެވެ. އެމްއެންޔޫގެ ފަރާތުން ޑެޕިއުޓީ ވައިސް ޗާންސެލާ ރަހީމާ އަބްދުއްރަހީމެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޓަކައި ހޮޓެލް އިސްކޫލެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ހުޅިމެންދޫގައި ތަރައްގީކުރާ ހޮޓެލް އިސްކޫލަކީ މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް

team

ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

6 ގަޑިއިރު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

8 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

8 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

9 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

9 ގަޑިއިރު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

9 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

11 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy