މާބައިދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކޮށްދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު މާބައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ ކުރީކޮޅު ލ. މާބައިދޫ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 އެ މަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ސިއްހީ މަރުކަޒުން 24 ގަޑިއިރަށް ހިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން ހަމަޖެއްސެމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ ކަމަށެވެ.

ރަށުގެ ތަރައްގީއަށް މުހިންމު އިތުރު މަޝްރޫއުތައް ހުރިކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އިތުރު ޖަނަރޭޓަރެއް ގެނެސް ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ފެށޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ ތެރެއިން ވަނީ މާބައިދޫގެ ތަރައްގީގެ މުހިއްމު މަޝްރޫއުތަކެއްގައި ވެސް ސޮއިކޮށްފަ އެވެ‏‎.‎

ކޮމެންޓް

team

ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

6 ގަޑިއިރު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

8 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

8 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

9 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

9 ގަޑިއިރު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

9 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

11 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy