ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން: ރައީސް

ރައީސް ޑރ. މުއިއްޒު ލ. ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މި ގޮތަށް ވިދާޅުވީ، މިއަދު ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ދަތުރުފުޅުގައި އެ ރަށުގައި އަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ.

އަދި އަންނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރު ކުރުމަށް މަގުފަހިވެގެންދާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

ގަމަށް ހިޖުރަކުރި ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ބަދަލު ދީ ނިންމާނަން: ރައީސް

6 ގަޑިއިރު ކުރިން
team

ހުރިހައި ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިއްޖެ: ރައީސް

7 ގަޑިއިރު ކުރިން
team

އެކަނިވެރި މައިންނަށް މިހާރު ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަނީ

8 ގަޑިއިރު ކުރިން
team

ގަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ދީފި

8 ގަޑިއިރު ކުރިން
team

ގަމުގައި އައު ހޮސްޕިޓަލެއް އަޅަން ‏99.93 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

8 ގަޑިއިރު ކުރިން
team

މާބައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

9 ގަޑިއިރު ކުރިން
team

މާބައިދޫގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

9 ގަޑިއިރު ކުރިން
team

މާމެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

9 ގަޑިއިރު ކުރިން
team

20.10 ބްރޭންޑްގެ ސެންޓާއެކު އައިލެންޑް ޕާފިއުމްސް ތާރީހުގެ ތެރެއަށް!

10 ގަޑިއިރު ކުރިން
team

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 ގަޑިއިރު ކުރިން
team

ޓޫރިސްޓު ސޭފްޓީ އެވެއާނެސް ވީޑިއޯ ލޯންޗުކޮށްފި

11 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy