މަޝްރޫއުތައް ފަށާތަން ފެނުމުން އެމްޑީން އުޅެނީ ހިތަށް ނުކުޅަދާނަވެގެން: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީގެ މަޝްރޫތައް ފަށާތަން ފެނުމުން އިދިކޮޅު އެމްޑީޕީން އުޅެނީ ހިތަށް ނުކުޅަދާނަވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސިނާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެ ބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު ހަމަ އެއްވެސް ކަމެއް ކުރެވޭ ކަމަށް ‏‏ނުހެދުން ކަމަށެވެ.

"ރޯމާ ދުވާލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އައި ދުވަސްވަރެއްގަ އަޅުގަނޑުމެންގެ ހިތްވަރު ގަދަ ރައީސް ‏‏ނިކުމެވަޑަގަތީ މި ނުލަފާ މީހުން ރައްޔިތުންނަށް ވަމުން އައި ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން މި ގައުމު ސަލާމަތް ކޮއްދެއްވުމަށް،" ސިނާން ވިދާޅުވި އެވެ.

"‏‏ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯ އެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ އެހެންވެ،"

ސިނާން ވިދާޅުވީ މިއަދު ފެންނަމުން ދަނީ ސަރުކާރުގެ ހަރަދު ކުޑަކޮށް ‏‏ތަރައްގީގެ އެތައް މަޝަރޫއުތަކެއް ފަށަމުން އަންނަތަން ކަމަށާއި އެ މަންޒަރު ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް ‏‏މި ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ ކަމަށެވެ.

"ހަގީގަތަކީ މިއަދު އެމްޑީޕީ އޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއް ވެސް ނެތް،" ސިނާން ވިދާޅުވި އެވެ.

ކޮމެންޓް

team

އިތުރު 35 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް މި މަހު ފަށަނީ

5 ގަޑިއިރު ކުރިން
team

ދަނޑުވެރިކަމުގެ ސިނާއަތުގައި އަންހެނުން ގިނަވުމަކީ ލިބޭ އުފަލެއް: ޑރ. މާރިޔާ

7 ގަޑިއިރު ކުރިން
team

ތޮއްޑޫ އަދި ކަމަދޫގައި ދެ އޮޕަރޭޝަނެއް ހިންގާ ޑުރަގާއެކު ދެ މީހުން ހައްޔަރު

9 ގަޑިއިރު ކުރިން
team

ސްނޯކްލިން ކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް

10 ގަޑިއިރު ކުރިން
team

36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

23 ގަޑިއިރު ކުރިން
team

ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

1 ދުވަސް ކުރިން
team

ހުޅުމާލޭ އެޕާޓުމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

2 ދުވަސް ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

2 ދުވަސް ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

3 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy