ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފޮރޮންޓް (ޕީއެންއެފް) ގެ ދާއިމީ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޕީއެންއެފްގެ އިސް މަގާމުތަކަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތަކާއި އަދަދު:
ރައީސް (1)
ނައިބު ރައީސް (2)
ސެކްރެޓަރީ ޖެނެރަލް (1)
ރެޖިސްޓްރާ (1)
ހަޒާންދާރު (1)
ސެނެޓް މެމްބަރު (14)
ޕީއެންއެފުން ބުނީ މި މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުން އޮންނާނީ މި މަމަހުގެ 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ކަމަށެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ދަފުތަރުން ދައްކާ ގޮތުގައި މިއަހަރުގެ ޖޫން 30 ގެ ނިޔަލަށް ޕީއެންއެފްގެ ރެޖިސްޓަރީގައި ތިބީ 3046 މެމްބަރުންނެވެ.
ކޮމެންޓް