ދަނޑުވެރިކަމުގެ ސިނާއަތުގައި އަންހެނުން ގިނަވުމަކީ ލިބޭ އުފަލެއް: ޑރ. މާރިޔާ

މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭގައި އަންހެނުން ގިނަވުމަކީ ލިބޭ އުފަލެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މި ގޮތަށް ވިދާޅުވީ "ފަހި ދިރުން އެސްޕޯ" ގެ ނަމުގައި ‏ސިޓީސް މިނިސްޓްރީން ހޮނިހިރު ދުވަހު‏ ބޭއްވި އެކްސްޕޯގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަހި ދިރުން އެކްސްޕޯ އަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި، އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށްގެންދެވޭ ހާއްސަ ހަރަކާތެކެވެ.

މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތަކީ އަވަސް ދުވެލީގައި ކުރިއަރަމުން އަންނަ، އަދި ގައުމުގެ އިގުތިސާދަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ސިނާއަތެއް ކަމަށާއި އެ ގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

"މި ދާއިރާގައި ހާއްސަ އެއް ކަމަކީ، މި ސިނާއަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނައީ ހީވާގި ކަނބަލުންކަމުގައިވުން، މިއީ އަޅުގަނޑު އުފަލާއެކު ފާހަގަކުރާ ކަމެއް. އެހެނީ މިއީ އަންހެނުންގެ އިގުތިސާދީ ބާރުވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެންދާ ކަމަކަށްވާތީ،" އެ ކަމަނާ ވިދާޅުވި އެވެ.

ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓަކައި މިނިސްޓްރީން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި ގޮތުން ދަނޑުވެރިކަން ކުރާ ރަށްރަށުގައި އިންވެސްޓަރުން ހޯދައި، ރަށުގެ ދަނޑުވެރިކަން ތަރައްގީ ކުރުމަށް ޓަކައި އަމާޒުކޮށްގެން ޕްރޮޖެކްޓްތައް ހިންގުމާއި، ދަނޑުވެރިކަމުގެ ތަފާސްހިސާބު އެއްކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންތެރި އިރުޝާދަކީ ކޮންމެ ރަށަކުން ވެސް ދަނޑުވެރިކަމަށް ހާއްސަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތް ކުރުން ކަމަށާއި އަދި މި ފަދަ މުހިންމު މަސައްކަތަކަށް ސަރުކާރުން ދަނީ ފުރިހަމަ އެއްބާރުލުމާއި ތާއީދު ދެމުން ކަމަށެވެ.

ކޮމެންޓް

team

މަޝްރޫއުތައް ފަށާތަން ފެނުމުން އެމްޑީން އުޅެނީ ހިތަށް ނުކުޅަދާނަވެގެން: ސިނާން

55 މިނިޓު ކުރިން
team

އިތުރު 35 ރަށެއްގެ ކައުންސިލް އިމާރާތުގެ މަސައްކަތް މި މަހު ފަށަނީ

2 ގަޑިއިރު ކުރިން
team

ތޮއްޑޫ އަދި ކަމަދޫގައި ދެ އޮޕަރޭޝަނެއް ހިންގާ ޑުރަގާއެކު ދެ މީހުން ހައްޔަރު

6 ގަޑިއިރު ކުރިން
team

ސްނޯކްލިން ކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް

7 ގަޑިއިރު ކުރިން
team

36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

20 ގަޑިއިރު ކުރިން
team

ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

1 ދުވަސް ކުރިން
team

ހުޅުމާލޭ އެޕާޓުމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

1 ދުވަސް ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

2 ދުވަސް ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy