ތޮއްޑޫ އަދި ކަމަދޫގައި ދެ އޮޕަރޭޝަނެއް ހިންގާ ޑުރަގާއެކު ދެ މީހުން ހައްޔަރު

ތޮއްޑޫ އަކި ކަމަދޫން ޑުރަގާއެކު ހައްޔަރުކުރި މީހުން: ފޮޓޯ/ ފުލުހުން

އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޮއްޑޫ އަދި ކަމަދޫގައި މި މަހު 16 ވަނަ ދުވަހު ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. އެވާޝައިން، އާދަމް އަޝްފާގު، 41، ކަމަށާއި އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ތޮއްޑޫ ބަނދަރު ބަނދަރުމަތިން އަޝްފާގު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 70 ރަބަރު ޕެކެޓު ފެނިފައި ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަށް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި ކަމަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ސަބްނަމްވިލާ، ފާއިގު ސައީދު، 34، އެވެ.

ދަރަވަންދޫން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަދޫ ބަނދަރުމަތިން ފާއިގު، ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ހުރީ 1.2 ގްރާމް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

 މި ދެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

team

ދަނޑުވެރިކަމުގެ ސިނާއަތުގައި އަންހެނުން ގިނަވުމަކީ ލިބޭ އުފަލެއް: ޑރ. މާރިޔާ

1 ގަޑިއިރު ކުރިން
team

ސްނޯކްލިން ކޮށްގެން ދުނިޔޭގެ ރެކޯޑް ހަދަން ކުރިއަށް ގެންދިޔަ ހަރަކާތުގައި އެމްއެންޑީއެފް

5 ގަޑިއިރު ކުރިން
team

36 ރަށެއްގައި ފުލުހުންގެ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަނީ

17 ގަޑިއިރު ކުރިން
team

ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

21 ގަޑިއިރު ކުރިން
team

ހުޅުމާލޭ އެޕާޓުމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

1 ދުވަސް ކުރިން
team

އަޕްގްރޭޑިން މަސައްކަތަކަށް މިއަދު ހެނދުނު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

1 ދުވަސް ކުރިން
team

ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކާ ގުޅުންހުރި މައުލޫމާތު ފޯރުވަން ހާއްސަ ވެބްސައިޓެއް

1 ދުވަސް ކުރިން
team

އަންނަ އަހަރު ވެސް ދިވެހި ހައްޖާޖީން ދަތުރުކުރާނީ ހައި ސްޕީޑް ރޭލުގައި: ޝަކީލް

2 ދުވަސް ކުރިން
team

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލް މިސްރަށް ފުރާވަޑައިގެންފި

2 ދުވަސް ކުރިން
team

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހުކުރު ދުވަހުގެ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

2 ދުވަސް ކުރިން
team

ހަނިމާދޫގައި ފުޅާކޮށް ޑުރަގު ޑީލްކުރާ ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން
team

ދިހަ ރަށެއްގައި 11 ޕްރޮޖެކްޓެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

2 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy