ކައުންސިލް އިދާރާ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ރަށުގެ ތެރެއިން 35 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށް ލޯކަލް ގަރުމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ލޯކަލް ގަރުމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށެވެ.
ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ރަށުގެ ކައުންސިލް އިދާރާ އަޅަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ އެވެ.
ކޮމެންޓް