ކާމިޔާބު ޑައިރެކްޓަރު މުނައްވަރުގެ "ކަނބުލޮ" އޮގަސްޓުގައި އޮލިމްޕަހަށް

--

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކުރާ ފިލްމު" ކަނބުލޮ" ހޮނިހިރު ދުވަހުގެ ރޭ ލޯންޗުކޮށްފި އެވެ.

ޔަޝްފާ އަބްދުލް ގަނީގެ މި ވާހަކައަށް ތައްޔާރުކުރާ ފިލްމު ކަނބުލޮގެ ޝޫޓިން ނިންމައި މިހާރު ދަނީ އެޑިޓިންގެ މަސައްކަތް ކުރަމުންނެވެ.

އޮލިމްޕަހުގައި ފިލްމު އެޅުވުމަށް ހަމަޖައްސާފައި ވަނީ އޯގަސްޓު މަހުގެ 31ގަ އެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުގައި ގެވެށި އަނިޔާ އާއި ކުޑަކުދީންނަށް ކުރަމުންދާ ޖިންސީ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ.

ކުޑަކުދީންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ މީހުންގެ ފަރާތުން އެ މީހުންނަށް ދެމުންދާ އަނިޔާ ތަކަށް ކެތް ކުރުމަށް މަޖުބޫރު ކުރުވައި، މުޖުތަމައުގައި އަބުރުވެރީންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދީންނަށް ކުރަމުންދާ ގޯނާ ތަކެވެ. ނުފޫޒު ގަދަ މީހުން އަދުލުއިންސާފުގެ މައްޗަށް އަތް ގަދަ ކުރާ ގޮތެވެ. ނިކަމެތި ކުދީންނަށް ކުރި ޖިންސީ އަދި ޖިސްމާނީ އަނިޔާގެ މައްޗަށް އިންސާފު ހޯދަން އަނިޔާގެ ޝިކާރައަކަށް ވީ ކުއްޖާ ކުރި ހިތްވަރު ގަދަ މަސައްކަތެވެ.

ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުޙައްމަދު، އަދި މަރިޔަމް ޝަކީލާ އެވެ.

މި ފިލްމު ހުށަހަޅައި ދެނީ ކިޑް ޕްރޮޑަކްޝަނާއި ސެޓާން ސްޓޫޑިއޯ އިންނެވެ.

ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު "ކަމަނާ" ގެ ޕްރޮޑިއުސަރު އަލީ ޝާނިޒް މުޙައްމަދު އަދި ހުސެން މުނައްވަރު އެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ.

މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓް ކުރާ ހަތަރު ވަނަ ފިލްމެވެ. 2024 ވަނަ އަހަރު ނެރުނު ކަމަނާގެ ޑައިރެކްޓަރަކީ ވެސް ހުސެން މުނައްވަރު އެވެ.

ކޮމެންޓް

team

ހިންނަވަރުގައި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް

4 ގަޑިއިރު ކުރިން
team

އިންޑިއާގެ އެހީގައި 3 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދަނީ

8 ގަޑިއިރު ކުރިން
team

ފުޅާ ދާއިރާއެއްގައި ޑުރަގުގެ ވިޔަފާރިކުރާ ބަޔަކު އަތުލައިގެންފި

9 ގަޑިއިރު ކުރިން
team

އަލަށް ފަށާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޖެޓުގައި ހާއްސަ ފަންޑެއް

9 ގަޑިއިރު ކުރިން
team

އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

10 ގަޑިއިރު ކުރިން
team

ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

10 ގަޑިއިރު ކުރިން
team

ވަރަ އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯޓްސް!

12 ގަޑިއިރު ކުރިން
team

11 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 ގަޑިއިރު ކުރިން
team

ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވާން ފަށައިފި

13 ގަޑިއިރު ކުރިން
team

"ރަސްމާލެ މަޝްރޫއާ އެކު ތާރީހު ނުދެކޭ މިންވަރަށް ބޯހިޔާވަހިކަން ލިބޭނެ"

15 ގަޑިއިރު ކުރިން
team

ރަސްމާލެއާ ދޭތެރޭ ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސް ޑރ. މުއިއްޒު

20 ގަޑިއިރު ކުރިން
team

އަންނަ އަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅަނީ

20 ގަޑިއިރު ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy